Wikipedia:Featured content
ވިކިޕީޑިއާ އިން
މިސަފްޙާއިން ތިޔަފެނިލައްވަނީ ހުރިހާ މަޒުމޫނުތަކުގެ ތެރެއިން ހޮވާލެވިފައިވާ މަޒުމޫނު ތަކެވެ.
ހޮވާލެވިފައިވާ މަޒްމޫނުތައްކަމަށް ބެލެވިފައި މިވަނީ ވިކިޕީޑިޔާގެ ފެންވަރުގައި އެ މަޒްމޫނެއްގައި އެންމެ އފުރިހަމައަށް ޤަބޫލު ކުރެވޭ ފެންވަރަކަށް މައްލޫމާތު ހިމެނިފައިވާ މަޒްމޫނުތަކެވެ. މި ގޮތުން މަޒްމޫނު ހޮވަން މިވިކިޕީޑިޔާއިން އެންމެ ފުރަތަމަ ފަށާފައިވަނީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
[އުނިއިތުރު ގެންނަވާ] ފެބްރުއަރީ 2007
ޓޮމް އެންޑް ޖެރީ އަކީ އެކެޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވާ މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާރޓޫނު ސިލްސިލާ އެކެވެ. މިކާރޓޫނު އުފައްދައި، ލިޔެ، އަދި ޑައިރެކްޓް އެނިމޭޝަން ދާއިރާގައި ކުރިއަރާފައިވާ ވިލިއަމް ހަނާ އާއި ޖޯސެފް ބަރބަރާ އެވެ. (ފަހުން މިއީ ހަނާ ބަރބަރާ އެވެ.)
1940 ން 1957 އަށް މިސިލްސިލާ އުފައްދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު މެޓްރޯ-ގޯލްޑްވެއިން-މޭޔަރ އިން، އެ ސްޓޫޑިއޯގެ އެނިމޭޝަން ބައި މެދު ކެނޑެން ދެންށެވެ. 1960 ވަނަ އަހަރު ކޮންޓްރެކްޓެއްގެ ދަށުން އިރުމަތީ ޔޫރަޕްގައި މިކާރޓޫނު އުފެއްދުމުގެ މަސައްކަތް އެމް.ޖީ.އެމް އިން ރެމްބްރޭމްޑްޓް ފިލްމްސް އާއި ހަވާލު ކުރިއެވެ. ރެމްބްރޭމްޑްޓް ފިލްމްސް އަކީ ޖީން ޑީޗް ހިންގަމުން އައި ތަނެކެވެ.
[އުނިއިތުރު ގެންނަވާ] މާރޗް 2007
ދި އިންކްރެޑިބްލްސް އަކީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އެނިމޭޓް ކޮށް ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާރޓޫނު ފިލްމެކެވެ. މިކާރޓޫނުގެ ވާހަކަ ލިޔެ ތައްޔާރު ކުރީ ބްރެޑް ބާރޑް އެވެ. އެއީ ދަ ސިމްޕްސަންސް ގެ ކުރީގެ ޑައިރެކްޓަރ އެވެ. އަދި މަޝްހޫރު ކާރޓޫނު، ދި އަޔަން ޖަޔަންޓްގެ ޑައިރެކްޓަރ އޭ ބުނުމުން ގިނަބަޔަކަށް ބްރެޑް ބާރޑް އެނގޭނެއެވެ. ވާރނރ ބްރޯސްގެ އެނިމޭޝަން ޑިވިޜަން ބަންދު ކުރުމުން ބްރެޑް ބާރޑް ޕިކްސަރ އަށް ބަދަލުވިއެވެ. އަދި ދި އިންކްރެޑިބްލްސް ގެ ވާހަކަ ވެސް އެނާ އާއި އެކު ގެންދިޔައެވެ. ދި އިންކްރެޑިބްލްސް އަކީ...